009
بَرَآءَةٌ مِّنَ ٱللَّهِ وَرَسُولِهِۦٓ إِلَى ٱلَّذِينَ عَـٰهَدتُّم مِّنَ ٱلْمُشْرِكِينَ ﴿١﴾ ﴿ ١
ތަރުޖަމާ
(މިއީ) މުޝްރިކުންގެ ތެރެއިން ތިޔަބައިމީހުން މުޢާހަދާއެއްކޮށް އެ މުޢާހަދާ އުވާލާފައިވާ ބަޔަކުގެ ކިބައިން اللَّه އާއި، އެކަލާނގެ ރަސޫލާ ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ. (1)
ތަފްސީރު
މިއީ ރަސޫލުﷲ ﷺ އާއެކުވެފައިވާ ޢަހުދުތައް އުވާލައި، ލޭ އޮހޮރުވުން ހުއްދަކޮށްގަތް މުޝްރިކުންގެ ޤައުމުތަކާއި ގުޅުން ކަނޑައި މާތް ﷲއާއި އެކަލާނގެ ރަސޫލާ ﷺ އެބައިމީހުންގެ ކިބައިން ބަރީއަވެގެންވާކަމުގެ އެންގެވުމެކެވެ.
ނޯޓް