099
إِذَا زُلْزِلَتِ ٱلْأَرْضُ زِلْزَالَهَا ﴿ ١
ތަރުޖަމާ
ބިންގަނޑު އޭގެ (އެންމެފަހުގެ) ހެލިގަތުމުން ހެލިގެންފިހިނދެވެ. (1)
ތަފްސީރު
މިސޫރަތުގައި އައިސްފައިވަނީ ޤިޔާމަތްވާ ވަގުތު، ދުނިޔެ ސުންނާފަތިވެ، ޤިޔާމަތް އަންނަ ހިނދުގެ ވާހަކައެވެ. އެހިނދު އުސް އިމާރާތްތައް ކުދިކުދިވެ، ބިންމަތީގައި ގަދަފަދަކޮށް ހުރި ފަރުބަދަތައް ފުނޑުފުނޑުވާނެއެވެ. އަދި އިންސާނާގެ ބުއްދި ފިލައިދާވަރުގެ މުޞީބާތްތަކާއި ދަތިތައް ކުރިމަތިވާނެއެވެ. މާނައީ ބިންގަނޑު އޭގެ މަތީގައި ވާހާ ބަޔަކާއެކު، މޭގަނޑު ވިރި، ހިތްތަކަށް ބިރުވެރިކަން ވަދެގެންދާ ގަދަފަދަ ހެލިގަތުމަކުން ހެލިގަންނަ ހިނދެވެ.
ނޯޓް