098
لَمْ يَكُنِ ٱلَّذِينَ كَفَرُوا۟ مِنْ أَهْلِ ٱلْكِتَـٰبِ وَٱلْمُشْرِكِينَ مُنفَكِّينَ حَتَّىٰ تَأْتِيَهُمُ ٱلْبَيِّنَةُ ﴿ ١
ތަރުޖަމާ
ފޮތުގެ أهل ވެރިންނާއި، مشرك ންގެ ތެރެއިން كافر ވިމީހުން، ފާޅުވެގެންވާ ދަލީލު އެއުރެންގެ ގާތަށް އަތުވެއްޖައުމަށްދާނދެން އެއުރެން ތިބިގޮތް ދޫކޮށްލާނޭ ބަޔަކުކަމުގައި ނުވެތެވެ. (1)
ތަފްސީރު
ޢަރަބީންގެ މުޝްރިކުންނާއި، އަހުލުކިތާބީންގެ ގިނަ ބަޔަކު ދިޔައީ ބާވައިލެއްވި ފޮތްތަކުގައި އެކަލޭގެފާނު ވަޑައިގަންނަވާނޭކަމުގެ އުފާވެރިކަމުގެ ޚަބަރު އައިސްފައި ވާ ފަހުގެ ނަބިއްޔާ ފޮނުއްވާނޭ ދުވަހަކަށް އިންތިޒާރުކުރަމުންނެވެ. ދެން، ރަސޫލުﷲ ﷺ ރަސޫލުކަމާއިގެން ފޮނުއްވުމުން އެކަލޭގެފާނަށް އެންމެ ފުރަތަމަ ކާފިރުވެ، އެކަލޭގެފާނުގެ ރަސޫލުކަން ޤަބޫލުނުކުރި މީހުން ކަމުގައިވީ ޔަހޫދީންނާއި ނަޞާރާއިންނެވެ. މިސޫރަތުގައި އައިސްފައި ވަނީ އެވާހަކައެވެ. މާނައީ ޢަރަބީންގެ ތެރެއިން ބުދަށް އަޅުކަންކުރާ މުޝްރިކުންނާއި، އަހުލުކިތާބީން ކަމުގައިވާ ޔަހޫދީންނާއި ނަޞާރާއިން، އެބައިމީހުންގެ ގާތަށް އެންމެ ފަހުގެ ނަބިއްޔާ ބަޔާންވެގެންވާ ދަލީލާއިގެން، އެބަހީ ކީރިތި ޤުރްއާނާއިގެން، ވަޑައިގަންނަވަންދެން، ﴿مُنفَكِّينَ﴾ އެބައިމީހުން ތިބި ކާފިރުކަމުގެ ގޮތް ދޫކުރާނޭ ބަޔަކު ކަމުގައި ނުވެއެވެ. ދެން މާތް ﷲ ބަޔާންކުރައްވަނީ އެ ދަލީލަކީ، އެބަހީ ކާފިރުކަމާއި މަގުފުރެދުން ދޫކޮށް އީމާންކަމުގެ ތެރެއަށް ވަނުމަށް އެބައިމީހުންނަށް ލާޒިމުކުރާ ދަލީލަކީ ކޮބައިކަން ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ
ނޯޓް