096
ٱقْرَأْ بِٱسْمِ رَبِّكَ ٱلَّذِى خَلَقَ ﴿ ١
ތަރުޖަމާ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ (ހުރިހާ ތަކެއްޗެއް) ހެއްދެވި ރަސްކަލާނގެއެވެ. (1)
ތަފްސީރު
މިއީ ސޫރަތުގެ ފެށުމުވެ. މިއާޔަތްތަކުގައި ވަނީ އުނގެނުމަށާއި، ކިޔުމަށާއި، ލިޔުމަށް ފާޅުގައި ގޮވައިލައްވާފައެވެ. މާނައީ މުޙައްމަދު ﷺ އެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅުން އެހީތެރިކަމަށް އެދިވަޑައިގަންނަވާ ޙާލު ކަލޭގެފާނު ކިޔަވައިވިދާޅުވާށެވެ. އެކަލާނގެއީ އެންމެހައި ޚަލްޤުތަކުން ހެއްދެވި ރަސްކަލާނގެއެވެ. ދެން މިވަނީ ހެއްދެވި ގޮތް ބަޔާންކުރައްވާފައެވެ. ވަކީން ޚާއްޞަކޮށް އިންސާނާ ހެއްދެވި ގޮތް ގެންނަވާފައިވަނީ އޭނާގެ ދަރަޖަ މަތިވެރިކުރެއްވުމަށެވެ.
ނޯޓް