ތަފްސީރު
މިއީ ހުވައިގެ ޖަވާބެވެ. މާނައީ މީސްތަކުންނޭވެ. ހަމަކަށަވަރުން ތިޔަބައިމީހުންގެ ޢަމަލުތައް ތަފާތުވެގެން ވެއެވެ. ހަމަ އެފަދައިން ތިޔަބަމީހުންނަށް ދެއްވާ ޖަޒާވެސް ތަފާތެވެ. ތިޔަބައިމީހުންގެ ތެރެއިން މުއުމިނުން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ކާފިރުން ވެއެވެ. ތިޔަބައިމީހުންގެ ތެރެއިން ހެޔޮލަފާ މީހުން ވެއެވެ. އަދި ތިޔަބައިމީހުންގެ ތެރެއިން ނުލަފާ ފާފަވެރިން ވެއެވެ. އަދި ސުވަރުގޭގެ އަހުލުވެރިންނާއި، ނަރަކައިގެ އަހުލުވެރިން ތިޔަބައިމީހުންގެ ތެރެއިން ވެއެވެ. އެހެންކަމުން، ދެން ވަޙީކުރައްވަނީ