ތަފްސީރު
އަދި އިރު އޮއްސެން ދާއިރު އިރުގެ ފަހަތުން ދުނިޔެ އަލިކުރަމުން ހަނދު އަރައިގެން އަންނަ ހިނދު އެ ހަނދު ގަންދެއްވަމެވެ. މިގޮތަށް މިކަން ހިނގަނީ ހަނދު މަހުގެ ކުރީކޮޅުގައެވެ. އިރާއި ހަނދު ގަންދެއްވުމުގެ ޙިކްމަތަކީ އެދޭތިން ލިބޭ މަތިވެރި މަންފާތައް އަންގަވައިދެއްވުމެވެ. އެހެނީ، އިރާ ނުލައި އިންސާނަކަށްވެސް، ޖަނަވާރަކަށްވެސް ދިރި ނުއުޅެވޭނެއެވެ. އަދި ގަސްގަހާގެހިވެސް ދިރި ނުހުންނާނެއެވެ.