يَسْـَٔلُونَكَ عَنِ ٱلْأَنفَالِ ۖ قُلِ ٱلْأَنفَالُ لِلَّهِ وَٱلرَّسُولِ ۖ فَٱتَّقُوا۟ ٱللَّهَ وَأَصْلِحُوا۟ ذَاتَ بَيْنِكُمْ ۖ وَأَطِيعُوا۟ ٱللَّهَ وَرَسُولَهُۥٓ إِن كُنتُم مُّؤْمِنِينَ ﴿ ١ ﴾
ތަރުޖަމާ
غنيمة މުދަލާމެދު އެއުރެން ކަލޭގެފާނާ سؤال ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! غنيمة މުދާ ވަނީ، اللَّه އަށާއި، رسول އާއަށެވެ. ފަހެ، اللَّه އަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް إصلاح ކުރާށެވެ! އަދި ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، اللَّه އަށާއި، އެކަލާނގެ رسول އާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! (1)
ތަފްސީރު
ބަދުރު ހަނގުރާމައިގައި އެބައިމީހުންނަށް ލިބުނު ޣަނީމާ މުދަލާމެދު އެބައިމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. އެ ލިބޭނީ ކޮންބަޔަކަށް ތޯއެވެ؟ އަދި ކަލޭގެފާނު އެ ބައްސަވާނީ ކިހިނެއްތޯއެވެ؟ ކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވާށެވެ. އެއާ މެދު ގޮތެއް ނިންމުމަކީ މާތް ﷲއަށާއި، އެކަލާނގެ ރަސޫލާ ﷺ އަށް އޮތް ކަމެކެވެ. މާތް ﷲ އެންގެވިގޮތަކަށް އެކަލާނގެ ރަސޫލާ ﷺ ތިޔަބައިމީހުންގެ މެދުގައި އެ ބައްސަވާނެއެވެ. އެއީ ތިޔަބައިމީހުންނަށް އޮތް ކަމެއް ނޫނެވެ. ފަހެ، ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ކިޔަމަންވެ، އެކަލާނގެ ނަހީކުރެއްވި ކަންތަކުން ދުރުވެ އެކަލާނގެއަށް ތަޤްވާވެރިވާށެވެ. އެއްބަޔަކު އަނެއްބަޔަކާގުޅި، ބައިބައި ނުވެ ތިޔަބައިމީހުންގެ ދެމެދުގެ ގުޅުންތައް އިޞްލާޙުކުރާށެވެ. ތިޔަބައިމީހުންނީ ޙަޤީޤަތުގައިވެސް އީމާންވާ، މާތް ﷲއަށް ތަޤްވެރިވާ ބަޔަކު ކަމުގައި ވަނީނަމަ، މާތް ﷲ އާއި އެކަލާނގެ ރަސޫލާ ﷺ ގެ އަމުރަށް ތިޔަބައިމީހުން ތަބަޢަވާށެވެ. عَنْ أَبِي أُمَامَةَ الْبَاهِلِيِّ، قَالَ: سَأَلْتُ عُبَادَةَ بْنَ الصَّامِتِ عَنِ الْأَنْفَالِ، فَقَالَ: فِينَا مَعْشَرَ أَصْحَابِ بَدْرٍ نَزَلَتْ، حِينَ اخْتَلَفْنَا فِي النَّفَلِ، وَسَاءَتْ فِيهِ أَخْلَاقُنَا، فَنَزَعَهُ اللَّهُ مِنْ أَيْدِينَا، فَجَعَلَهُ إِلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ، فَقَسَمَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِينَا عَنْ بَوَاءٍ؛ يَقُولُ: عَلَى السَّوَاءِ. (مسند أحمد، مسند الأنصار، ج: 37، ص: 414) (އަބޫ އުމާމާ އަލްބާހިލީ رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. އޭނާ ވިދާޅުވިއެވެ. ޢުބާދާ ބްނު އައްޞާމިތު رضي الله عنه އަރިހުގައި އަހުރެން އަންފާލުގެ ވާހަކައިން ސުވާލުދެންނެވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. މި އާޔަތް ބާވައިލެއްވީ، އަހަރުމެން، ބަދުރު ހަނގުރާމައިގެ ބައިވެރިންނާ މެދުގައެވެ. ޣަނީމާ މުދަލުގެ މައްސަލައިގައި އަހަރުމެން ދެބަސްވެ، އަރައިރުންވެ، އަހަރުމެންގެ އަޚްލާޤު ގޯސްވުމުންނެވެ. އެހިނދު މާތް ﷲ އަހަރުމެންގެ އަތުން ޣަނީމާ މުދާ ނަންގަވައި ރަސޫލުﷲ ﷺ އަށް ދެއްވިއެވެ. ދެން، އެކަލޭގެފާނު އަހަރުމެންގެ މެދުގައި އެމުދާ ހަމަހަމައަށް ބެއްސެވިއެވެ.) (މުސްނަދު އަޙްމަދު، ޙަދީޘު: 22753)
ދެން މާތް ﷲ ބަޔާންކުރައްވަނީ ފުރިހަމަ މުއުމިނުންގެ ސިފަތަކެވެ. އެކަލާނގެ ވަޙީކުރައްވަނީ