088
هَلْ أَتَىٰكَ حَدِيثُ ٱلْغَـٰشِيَةِ ﴿ ١
ތަރުޖަމާ
ބިރުވެރިކަމާއިގެން އެންމެންނަށް ކުރިމަތިވެގެންއަންނާނޭ ކަންތަކުގެ ވާހަކަ (އެބަހީ: قيامة ގެ ވާހަކަ) ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ (1)
ތަފްސީރު
الغاشية އަކީ ޤިޔާމަތް ދުވަހެވެ. އެ ދުވަހަށް އެނަން ދެވުނީ އެދުވަހުގެ ބިރުވެރިކަމާއި ދަތިތައް މީސްތަކުން ވަށާލާތީއެވެ. ސުވާލުކުރައްވާފައި ވަނީ ކަމުގެ ބޮޑުކަން ދޭހަކޮށްދެއްވުމަށާއި، އެދުވަހުގެ ވާހަކަތަކަށް ޝައުޤުވެރިކުރެއްވުމަށެވެ. މާނައީ މުޙައްމަދު ﷺ އެވެ. ޤިޔާމަތް ދުވަހާއި، އެދުވަހު މީސްތަކުންނަށް ލިބޭނޭ ހިތާމައާއި، ދަތިތަކާއި، ބިރުވެރިކަމުގެ ވާހަކަ ކަލޭގެފާނާ ހަމައަށް އައިސްފައިވޭތޯއެވެ؟ އެ ދުވަހު އިންސާނުން ބެހިގެން ވާނީ ދެބަޔަކަށެވެ. އަބާއްޖަވެރިނާއި، ބާއްޖަވެރިންނަށެވެ. ﴿فَرِيقٌ فِى ٱلْجَنَّةِ وَفَرِيقٌ فِى ٱلسَّعِيرِ﴾ ((އެދުވަހުން) އެއްބަޔަކުވާހުށީ ސުވަރުގޭގައެވެ. އަދި އަނެއްބަޔަކު ވާހުށީ ނަރަކައިގައެވެ.) ދެން، އެ ބިރުވެރި ދުވަހު އަބާއްޖަވެރިންގެ ޙާލު ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ
ނޯޓް