ތަފްސީރު
އެކަލާނގެއީ އެންމެހާ ޚަލްޤުތަކުން ހައްދަވައި، ދެން އެ ހެއްދެވުން ފުރިހަމަކުރެއްވި ރަސްކަލާނގެއެވެ. އޭގައި އެއްވެސް އުނިކަމެއް، ހަމަނުޖެހުމެއް ނުވާފަދަ ފުރިހަމަ ގޮތުގައެވެ. ﴿هَـٰذَا خَلْقُ ٱللَّـهِ فَأَرُونِى مَاذَا خَلَقَ ٱلَّذِينَ مِن دُونِهِۦ﴾ (މިއީ اللَّه ގެ ހެއްދެވުމެވެ. އެކަލާނގެ ރަސްކަންފުޅުނޫން ފަރާތްތަކުން ހަދާފައިވަނީ ކޮންއެއްޗެއްކަން، ތިޔަބައިމީހުން ތިމަންކަލޭގެފާނަށް، ފަހެ، ދައްކައިބަލާށެވެ!) ދެން އެކަލާނގެ ކުޅަދުންވަންތަކަމާއި އެއްކައުވަންތަކަމުގެ ދަލީލުތަކުގެ ތެރެއިން ބައެއް ދަލީލުތައް ގެންނަވަމުން އެކަލާނގެ ވަޙީކުރައްވަނީ