ތަފްސީރު
މި ސޫރަތް ފަށްޓަވާފައި މިވަނީ، އެއްގަމާއި ކަނޑުގައި ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ދަތުރުކުރާއިރު މަގު އަލިކޮށްދޭ، ވިދާ ތަރިތަކުގެ ވެރި އުޑު ގަންދެއްވައި، ކޮންމެ އިންސާނަކަށްވެސް އޭނާގެ ކަންތައް ބަލަހައްޓަވައި، އެނާގެ މައްޗަށް ރައްކާތެރިވާނޭ މަލާއިކަތަކު ލައްވާފައިވާކަމަށް މާތް ﷲ ހުވައި ވަޙީކުރައްވަމުންނެވެ. ٱلطَّارِقِ އަކީ ރޭގަނޑު އަންނަ ކޮންމެ އެއްޗެކެވެ. އެއީ އެއްޗަކަށް ނުވަތަ ކަމަކަށް ނުވަތަ ހާދިސާއަކަށް ވިޔަސްވެހެވެ. މިތަނުގައި އެ ބަހުގެ މުރާދަކީ ވިދާ ތަރިތަކެވެ. ތަރިއަށް ٱلطَّارِقِ އޭ ކިއުނީ އެއީ ރޭގަނޑަށް ފާޅުވެފައި ދުވާލު ގެއްލޭ އެއްޗަކަށް ވާތީއެވެ. ٱلطَّارِقِ އެއީ ތަރިކަން ހަމަ މިސޫރަތުގައި ބަޔާންކުރައްވާފައި ވެއެވެ. އެކަލާނގެ ވަޙީކުރައްވަނީ