081
إِذَا ٱلشَّمْسُ كُوِّرَتْ ﴿ ١ ﴾
ތަރުޖަމާ
އިރުގެ އަލިކަން ފިލައި، ހިނގައިދާ ހިނދެވެ. (1)
ތަފްސީރު
އިރު އޮޅައިލެވި، ފަތްޖަހައިލެވި އޭގެ އަލިކަން ހިނގައިދާ ހިނދެވެ. އެއަށް ފަހު މީސްތަކުންގެ މައްޗަށް އިރު ނާރާނެއެވެ. އެއީ ދުނިޔެ ހަލާކުވެ، ދުނިޔޭގެ އަހުލުވެރިން ފަނާވެދިޔުމުގެ ޢަލާމާތެވެ.
ނޯޓް