007
الٓمٓصٓ ﴿ ١
ތަރުޖަމާ
ا ل م ص (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (1)
ތަފްސީރު
މިއަކުރުތައް ލިޔެވެނީ މިގޮތަށެވެ. އަދި ކިޔެނީ ވަކި އަކުރުތަކެއްގެ ގޮތުގައި މިހެންނެވެ. އަލްބަޤަރާ ސޫރަތުގެ ފެށުމުގައި އިސްވެ ދިޔަ ފަދައިން މި އަކުރުތަކުން ބައެއް ސޫރަތްތައް ފެށްޓުމުގެ ޙިކްމަތަކީ އަޑުއިވޭ އެއްޗަކަށް މީސްތަކުންގެ ސަމާލުކަން ހޯދުމެވެ. އަދި މުޢުޖިޒާތެއް ކަމުގައިވާ މި ޤުރްއާން އެކުލެވިފައިވަނީ މިފަދަ އަކުރުތަކެއްގެ މައްޗަށް ކަމުގައި ވާއިރުވެސް، އެފަދަ އެންމެ ސޫރަތެއް ގެނެސްދިނުމަށް ޤުރްއާނުންވަނީ ޢަރަބިންނަށް ތަޙައްދީކޮށްފައެވެ. އަދި އެބައިމީހުންގެ ބަލާޣާތްތެރިންނާއި، ވިސްނުންތެރިން އެފަދަ ސޫރަތެއް ގެނައުމަށް ނުކުޅެދުނެވެ. މިއީ ކީރިތި ޤުރްއާނަކީ ރަޙްމާނުވަންތަ ރަސްކަލާނގެ ކަލާމްފުޅު ކަމުގެ އެންމެ ބޮޑު ހެއްކެވެ. މުފައްސިރުންގެ ތެރެއިން މުޙައްޤިޤުންގެ ބަސްފުޅަކީ މިއީއެވެ.
ނޯޓް