079
وَٱلنَّـٰزِعَـٰتِ غَرْقًا ﴿ ١
ތަރުޖަމާ
ގަދަފަދަވެގެންވާ ގޮތުގައި (كافر ންގެ) ފުރާނަތައް ގެންދަވާ ملائكة ން ގަންދެއްވަމެވެ. (1)
ތަފްސީރު
މިތަނުގައި މާތް ﷲ ހުވައި ވަޙީކުރައްވާފައިވަނީ މަލާއިކަތުން ގަންދެއްވައެވެ. ރަޙްމަތުގެ މަލާއިކަތުންނާއި، ޢަޛާބުގެ މަލާއިކަތުންނާއި، ދުނިޔޭގެ ކަންކަމާއި، ޚަލްޤުތަކުންގެ ކަންކަން ހިންގަވާ މަލާއިކަތުން ގަންދެއްވައެވެ. ﴿وَٱلنَّـٰزِعَـٰتِ غَرْقًا﴾ ގަދަފަދަކަމުގެ އިންތިހާއަށް ގޮސްފައިވާ ގަދަފަދަކަމާއެކު ކާފިރުންގެ ފުރާނަތައް ހިއްޕަވާ މަލާއިކަތުން ގަންދެއްވަމެވެ. އެބައިމީހުންގެ ހަށިތަކުން ފުރާނަތައް ނެރުއްވަނީ އިނގިލިތަކުގެ ކޮޅުންނާއި، ނިޔަފަތިތަކުންނާއި، ހަންގަނޑުންނާއި، ހުރިހާ އިސްތަށިތަކުގެ އިސްތަށިވަޅުންނެވެ. ކާފިރު މީހާގެ ފުރާނަ ނެރުއްވާނީ ތިނޯހެއްގެ ފަނގައިގެ ތެރެއިން އެފުރާނަ ނެރެވޭ ފަދައިންނެވެ. ގަދަފަދަކަން އިތުރުކުރެއްވުމުގެ ގޮތުންނެވެ.
ނޯޓް