077
وَٱلْمُرْسَلَـٰتِ عُرْفًا ﴿ ١
ތަރުޖަމާ
ވިދިވިދިގެން އަންނަ ވައިރޯޅިތަކާއި، (1)
ތަފްސީރު
މިއީ މާތް ﷲ ވަޙީކުރައްވާފައިވާ ހުވައި ތަކެކެވެ. ﴿وَٱلْمُرْسَلَـٰتِ عُرْفًا﴾ ވިދިވިދިގެން އެއް ރޯޅީގެ ފަހަތުން އަނެއް ރޯޅި އަންނަ ވައިރޯޅިތައް ގަންދެއްވަމެވެ. މިއީ އެއިން މާތް ﷲ، ނުކިޔަމަންތެރިކަމުގައި ޙައްދުފަހަނައަޅައި ދިޔަ ޖައްބާރު މީހުން ނެތިކުރެއްވި ޢަޛާބުގެ ވައިރޯޅިއެވެ. ގަދަފަދަ ފިނިވަޔަކުން ޢާދު ބާގައިގެ މީހުން ނެތިކުރެއްވި ފަދައިންނެވެ.
ނޯޓް