075
لَآ أُقْسِمُ بِيَوْمِ ٱلْقِيَـٰمَةِ ﴿ ١
ތަރުޖަމާ
قيامة ދުވަސް ގަންދެއްވައި ހުވާ وحى ކުރައްވަމެވެ. (1)
ތަފްސީރު
ފެންނަ ފެނުމަށް މިބަސްފުޅުން ހުވައި ނަހީކުރާހެން ހީވިޔަސް މިއީ ހުވައި ގަދަކުރާ ބަސްފުޅެކެވެ. މާނައީ، ޙިސާބުބައްލަވައި ޖަޒާދެއްވާ، ހަމަކަށަވަރުން ނައިސް ނުދާނޭ ދުވަސް ކަމުގައިވާ ޤިޔާމަތް ދުވަސް ގަންދެއްވައި ހުވައި ވަޙީކުރައްވަމެވެ.
ނޯޓް