ތަފްސީރު
ޚަލްޤުތަކުންގެ މައްޗަށް ގިނަގުނަ ނިޢުމަތްތަކުން ފަޟްލުވަންތަވެވޮޑިގެންވާ، އަޅުތަކުންގެ ކަންތައް އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް ރާއްވަވައި ހިންގަވާ، ޢިއްޒަތްތެރިކުރައްވާ، ނިކަމެތިކުރައްވާ، ދިރުއްވާ އަދި މަރުގަންނަވާ، މުއްސަނދިކުރައްވާ އަދި ފަޤީރުކުރައްވާ، ކީރިތިވަންތަ ރަސްކަލާނގެ މަތިވެރިވެވޮޑިގެންފިއެވެ. ހުރިހާ ކަމެއްގައި ފުރިހަމަ ކުޅަދުންވަންތަކަމާއި، ފުރިހަމަ އިޚްތިޔާރު ލިބިވޮޑިގެންވަނީ އެކަލާނގެއަށެވެ. ދެން އެކަލާނގެ ކުޅަދުންވަންތަކަމާއި، ޙިކްމަތްވަންތަކަމުގެ ބައެއް ހެކިތައް ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ