062
يُسَبِّحُ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ٱلْمَلِكِ ٱلْقُدُّوسِ ٱلْعَزِيزِ ٱلْحَكِيمِ ﴿١﴾ ﴿ ١
ތަރުޖަމާ
ރަސްވަންތަ، ޠާހިރުވަންތަ، ޢަޒީޒުވަންތަ، ޙަކީމުވަންތަ اللَّه އަށް އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް ތަސްބީޙަކިޔަތެވެ. (1)
ތަފްސީރު
ކައުނުގައިވާ ހުރިހާ އެއްޗެއް، އިންސާނުންނާއި، ޙައިވާނުންނާއި، ގަސްގަހާގެއްސާއި ދިރުންނެތް ތަކެތި، މާތް ﷲ އަށް ތަސްބީޙަ ކިޔައެވެ. ﴿يُسَبِّحُ﴾ ގައި މުޟާރިޢުގެ ލަފުޒު ގެންނަވާފައި ވަނީ ދެމިގެން ދިއުމާއި، އާވޭވޭ ހުރުމުގެ މާނަ ދޭހަކޮށްދެއްވުމަށެވެ. އެހެނީ އެ ތަސްބީޙަކީ މެދުނުކެނޑި ދެމިގެންވާ އެއްޗެކެވެ. ފަހެ، މުޅި ކައުނު، ބަސްމޮށުންތެރިކަން ލިބިގެންވާ ތަކެއްޗާއި، ބަސްނުމޮށޭ ތަކެއްޗާ އެކު، މާތް ﷲ އަށް ތަސްބީޙަކިޔައެވެ. އެބަހީ އެކަލާނގެއަށް އެކަށީގެން ނުވާ އެންމެހާ އުނިސިފަތަކުން އެކަލާނގެ ހުސްޠާރިހުވަންތަކުރެއެވެ. ﴿ٱلْمَلِكِ ٱلْقُدُّوسِ﴾ ހުރިހާ ތަކެއްޗެއް އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އެންމެހާ ތަކެތި ހެއްދެވުމާއި ނެތިކޮށްލެއްވުމުގެ ފުރިހަމަ އިޚްތިޔާރު ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އެންމެހާ އުނި ސިފަތަކަކުން ހުސްޠާހިރުވަންތަ ރަސްކަލާނގެއެވެ. ﴿ٱلْعَزِيزِ ٱلْحَكِيمِ﴾ އެކަލާނގެއީ ވެރިކަމުގައި ގަދަވެވޮޑިގެންވާ، އެންމެހާ ތަކެއްޗެއް ބަލިކުރައްވާ، ހުރިހާ ކަމެއްގައި ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.
ނޯޓް