سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿١﴾ ﴿ ١ ﴾
ތަފްސީރު
އުޑުތަކާއި ބިމުގައި ވާހައި ތަކެއްޗެއް، މަލާއިކަތުންނަށް ވިޔަސް، އިންސާނުންނަށް ވިޔަސް، ދިރުންނެތް ތަކެއްޗަށް ވިޔަސް، މާތް ﷲ އަށް ތަސްބީޙަ ކިޔައެވެ. އެކަލާނގެއީ،އެކަލާނގެ ވެރިކަމުގައި އެކަލާނގެ މައްޗަށް ގަދަވެވޭނޭ އެއްވެސް ފަރާތެއް ނެތް، ކަންކަން ތަދުބީރުކުރެއްވުމާއި، ނިންމެވުމުގައި ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.