058
قَدْ سَمِعَ ٱللَّهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا وَتَشْتَكِىٓ إِلَى ٱللَّهِ وَٱللَّهُ يَسْمَعُ تَحَاوُرَكُمَآ ۚ إِنَّ ٱللَّهَ سَمِيعٌۢ بَصِيرٌ ﴿ ١
ތަރުޖަމާ
ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާއާމެދު ކަލޭގެފާނާ ޖަދަލުކޮށް، އަދި اللَّه ގެ حضرة އަށް شكوى ދަންނަވާ ކަނބުލޭގެ ބަސް، اللَّه އައްސަވާވޮޑިގެންފިއެވެ. އަދި ތިޔަ ދެފަރާތުގެ ވާހަކަތައް اللَّه އައްސަވާވޮޑިގަންނަވަތެވެ. ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (1)
ތަފްސީރު
ހަމަކަށަވަރުން، އެކަނބުލޭގެ ފިރިމީހާގެ މައްސަލައިގައި ކަލޭގެފާނާ ބައްދަލުކޮށް ވާހަކަ ދައްކައި، އެކަނބުލޭގެއަށް ދިމާވެފައިވާ ހިތާމަ ފިއްލަވައި ދެއްވެން އެދި މާތް ﷲގެ ޙަޟްރަތުގައި ދަންނަވާ ނިކަމެތި އަނބިމީހާގެ އަޑު މާތް ﷲ އައްސަވައިވޮޑިގެންފިއެވެ. އެކަނބުލޭގެއާއި ކަލޭގެފާނާ ދެމެދު ދެކެވުނު ވާހަކަ، އެކަނބުލޭގެ ކަލޭގެފާނަށް ދެންނެވި ވާހަކައާއި، ކަލޭގެފާނު އޭނާއަށް ރައްދުދެއްވަމުން ވިދާޅުވީ އެއެއްޗެއް އެކަލާނގެ މޮޅަށް އައްސަވައިވޮޑިގެން ވެއެވެ. އެކަލާނގެއީ އެކަލާނގެއަށް ދަންނަވާ މީހުންގެ އަޑު މޮޅަށް އައްސަވައިވޮޑިގަންނަވާ، އަޅުތަކުންގެ ޢަމަލުތައް މޮޅަށް ބައްލަވައިވޮޑިގަންނަވާ ރަސްކަލާނގެއެވެ. މިއާޔަތްތައް ބާވައިލެއްވީ އައުސް ބްނު އައްޞާމިތު ގެ އަނބިމީހާ ޚައުލާއާ ބެހޭގޮތުންނެވެ. އެކަނބުލޭގެ ފިރިމީހާ އެކަނބުލޭގެއަށް ޡިހާރުކުރީއެވެ. ދެން އެކަނބުލޭގެ ރަސޫލުﷲ ﷺ ގެ އަރިހަށް ޝަކުވާއާއިގެން އައީއެވެ. އެކަނބުލޭގެ ދެންނެވިއެވެ. ﷲގެ ރަސޫލާ ﷺ އެވެ. އައުސު އަހުރެންނަށް ޡިހާރުކޮށްފިއެވެ. އޭނާގެ ކިބައިން ލިބިފައިވާ ޅަ ދަރިންތަކެއް އަހުރެންނަށް ވެއެވެ. އޭނާއާއެކު އަހުރެން އެ ކުދީން ދޫކޮށްލައިފިނަމަ އެ ކުދީން ބޭކާރު ވެދާނެއެވެ. އަދި އެކުދިން އަހުރެންނާއެކު ބައިތިއްބައިފިނަމަ އެކުދިން ތިބޭން ޖެހޭނީ ބަނޑުހައިހޫނުކަމުގައެވެ. މިކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާ ގޮތަކީ ކޮބައިތޯއެވެ؟ އެކަލޭގެފާނު ޙަދީޘުކުރެއްވިއެވެ. ކަނބުލޭގެ އޭނާއަށް ޙަރާމްވެފައިވުން ނޫންގޮތެއް ތިމަންކަލޭގެފާނަށް ފެނިވަޑައިނުގަންނަވައެވެ. ދެން އެކަނބުލޭގެ ތަކުރާރުކޮށް އެކަލޭގެފާނަށް އެވާހަކަ ދަންނަވަމުން، އެކަލޭގެފާނު އެޖަވާބު ތަކުރާރުކުރައްވަމުން ގެންދެވިއެވެ. މިއާޔަތްތައް ބާވައިލައްވަންދެންނެވެ. عَنْ عَائِشَةَ، قَالَتِ الْحَمْدُ لِلَّهِ الَّذِي وَسِعَ سَمْعُهُ الأَصْوَاتَ، لَقَدْ جَاءَتِ الْمُجَادِلَةُ إِلَى النَّبِيِّ ـ صلى الله عليه وسلم ـ وَأَنَا فِي نَاحِيَةِ الْبَيْتِ تَشْكُو زَوْجَهَا وَمَا أَسْمَعُ مَا تَقُولُ فَأَنْزَلَ اللَّهُ ﴿قَدْ سَمِعَ ٱللَّـهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا﴾‏. (سنن ابن ماجه، كتاب المقدمة) (ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަމަނާ ވިދާޅުވިއެވެ. ”އެންމެހާ އަޑުތައް މޮޅަށް އައްސަވައިވޮޑިގަންނަވާ ރަސްކަލާނގެއަށް ޙަމްދު ހުށްޓެވެ. ޖަދަލުކުރި އަންހެނާ (ޚައުލާ) ނަބިއްޔާ ﷺ ގެ އަރިހަށް އެކަމަނާގެ ފިރިމީހާގެ ޝަކުވާއާއިގެން އައީ ތިމަންކަމަނާ ގަނޑުވަރުގެ އެއްފަރާތެއްގައި އިންނަވަނިކޮށެވެ. ތިމަންކަމަނާއަށް އެ ކަނބުލޭގެ ދެއްކި ވާހަކަތައް އިވިވަޑައިނުގަންނަވައެވެ. ދެން، މާތް ﷲ ﴿قَدْ سَمِعَ ٱللَّـهُ قَوْلَ ٱلَّتِى تُجَـٰدِلُكَ فِى زَوْجِهَا﴾ ބާވައިލެއްވިއެވެ.“) (ސުނަނު އިބްނިމާޖާ، ޖ:1، ޙަދީޘު: 193) ޡިހާރަކީ ފިރިމީހާ އޭނާގެ އަނބިމީހާއަށް "ކަލޭ އަހުރެންނަށް އަހުރެންގެ މަންމަގެ ބުރިކަށިފަދައޭ" ބުނުމެވެ. މިއީ ވަރިކުރުމެއް ކަމުގައި ޖާހިލިއްޔަ ޒަމާނުގައި ބަލަމުން އައި ކަމެކެވެ. ދެން، އިސްލާމްދީން އައިސް އެކަން ޙަރާމްކޮށް އެއީ ނުބައިކަމެއް ކަމުގައި ނިންމިއެވެ. އަދި އެކަންކުރި މީހެއްގެ ޙުކުމް ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ
ނޯޓް