057
سَبَّحَ لِلَّهِ مَا فِى ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۖ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ ﴿١﴾ ﴿ ١
ތަރުޖަމާ
އުޑުތަކާއި، ބިމުގައިވާހާ ތަކެއްޗެއް، اللَّه އަށް ތަސްބީޙަކިޔައިފިއެވެ. އަދި އެކަލާނގެއީ، ޢަޒީޒުވަންތަ، ޙަކީމުވަންތަ ރަސްކަލާނގެއެވެ. (1)
ތަފްސީރު
ކައުނުގައި ވާހައި ތަކެއްޗެއް މާތް ﷲ އަށް ތަސްބީޙަ ކިޔައެވެ. އިންސާނުންނާއި، ޖަނަވާރުންނާއި، ގަސްގަހާގެއްސާއި، ދިރުން ނެތް ތަކެއްޗެވެ. އެކަލާނގެއީ އެއްވެސް ފަރާތަކަށް އެކަލާނގެ މައްޗަށް ގަދަނުވެވޭ ގަދަފަދަވަންތަ ރަސްކަލާނގެއެވެ. އުފައްދަވައި ތަދުބީރުކުރެއްވުމުގައި ޙިކްމަތްވަންތަ ރަސްކަލާނގެއެވެ.
ނޯޓް