056
إِذَا وَقَعَتِ ٱلْوَاقِعَةُ ﴿١﴾ ﴿ ١
ތަރުޖަމާ
ޤިޔާމަތް ވެއްޖެހިނދެވެ. (1)
ތަފްސީރު
ٱلْوَاقِعَة އަކީ ޤިޔާމަތް ދުވަހުގެ ނަންތަކުގެ ތެރެއިން ނަމެކެވެ. އެދުވަހަށް އެނަން ކިއުނީ އެއީ އެއްވެސް ޝައްކެއް ނެތި އަންނާނެ ދުވަހަކަށް ވާތީއެވެ. މާނައީ: ނައިސް ނުދާނޭ ޤިޔާމަތް ދުވަސް އަތުވެއްޖެ ހިނދު، އަދި އޭގެ ބިރުވެރިކަމާއި، ގަދަފަދަކަން ބޮޑުކަމުން އިންސާނާގެ ހިތް ބިރުން ފަޅައިގެންދާ ފަދަ ބޮޑުވެގެންވާ މުޞީބާތް އަތުވެއްޖެ ހިނދު، މިއަދު މިތިބަ ދޮގުކުރާ މީހުން ފަދައިން އެކަން ދޮގުކުރާނޭ ބަޔަކު ނުތިބޭނެއެވެ. އެބައިމީހުންނަށް ހަމަ ލޮލަށް އެކަން ފެންނާތީއެވެ. ދެން އެބައިމީހުން އެކަން ދޮގުކުރާނީ ކިހިނެއް ހެއްޔެވެ؟
ނޯޓް