051
وَٱلذَّ‌ٰرِيَـٰتِ ذَرْوًا ﴿١﴾ ﴿ ١
ތަރުޖަމާ
ގިނަގިނައިން ހިރަފުސް ބުރުއްސާ ވައިރޯޅިތަކާއި، (1)
ތަފްސީރު
މާތް ﷲ މިވަނީ ހަތަރު އެއްޗެއް ގަންދެއްވައި ހުވައި ވަޙީކުރައްވާފައެވެ. އެއީ ހިރަފުސް ބުރުވައި، ވެލި އެއްތަނުން އަނެއް ތަނަށް ގެންދާ ވަޔާއި، އިންސާނުންގެ ޙަޔާތް އެ މައްޗަށް ބިނާވެފައިވާ ފެން އުފުލާ ފެންބަރުކައިފައިވާ ވިލާތަކާއި، އިންސާނުން އުފުލައިގެން ފަސޭހަކަމާއެކު ކަނޑުތަކުގައި ދުވާ އުޅަނދުތަކާއި، ރިޒުޤުތަކާއި، ވާރޭ އަޅުތަކުންގެ މެދުގައި ބައްސަވާ، އިންސާނުންގެ ކަންކަމާއި، ކައުނުގެ ކަންކަން ހިންގަވާ މަލާއިކަތުންނެވެ. އެ ތަކެތި ގަންދެއްވައި އެކަލާނގެ ހުވައި ވަޙީކުރެއްވީ އޭގައިވާ އެކަލާނގެ އުފެއްދެވުމުގެ ޢަޖާއިބުކަމާއި، އެކަލާނގެ ކުޅަދުންވަންކަމުގެ ދަލީލުތަކުގެ ސަބަބުންނެވެ. ދެން ހުވައިގެ ޖަވާބު ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ
ނޯޓް