047
ٱلَّذِينَ كَفَرُوا۟ وَصَدُّوا۟ عَن سَبِيلِ ٱللَّهِ أَضَلَّ أَعْمَـٰلَهُمْ ﴿١﴾ ﴿ ١
ތަރުޖަމާ
(اللَّه އަށާއި، އެކަލާނގެ ރަސޫލާއަށް) ކާފިރުވެ، އަދި اللَّه ގެމަގުން (އެހެންމީހުން) އެއްކިބާކުރި މީހުންގެ ޢަމަލުތައް އެކަލާނގެ ބާޠިލުކުރެއްވިއެވެ. (1)
ތަފްސީރު
އިސްލާމްދީނަށް ވަނުމުން މަނާވެގަނެ، އެދީނަށް ވަނުމުން އެހެން މީހުން އެއްކިބާކުރި ކާފަރުންގެ ޢަމަލުތައް މާތް ﷲ ބާޠިލުކުރައްވައި ގެއްލެނިކުރެއްވިއެވެ. އެހެންކަމުން، އެޢަމަލުތަކަށް ލިބޭނެ ޘަވާބެއް ވެސް ފައިދާއެއް ވެސް ނެތެވެ.
ނޯޓް