039
تَنزِيلُ ٱلْكِتَـٰبِ مِنَ ٱللَّـهِ ٱلْعَزِيزِ ٱلْحَكِيمِ ﴿١﴾ ﴿ ١
ތަރުޖަމާ
މިއީ ޢަޒީޒުވަންތަ، ޙަކީމުވަންތަ اللَّه ގެ ޙަޟްރަތުން ބާވައިލެއްވި ފޮތެވެ. (1)
ތަފްސީރު
އެންމެ ފަހުގެ ނަބިއްޔާއެވެ! ކަލޭގެފާނުގެ މައްޗަށް ބާވައިލައްވާފައިވާ މި މަތިވެރި ޤުރްއާނަކީ ޢިއްޒަތްތެރިކަމާއި، މަތިވެރިވަންތަކަމުގެ ވެރިރަސްކަލާނގެ ބާވައިލެއްވި ފޮތެވެ. ﴿ٱلْعَزِيز﴾ އެކަލާނގެއީ ގަދަފަދަ ވަންތަ އެކަލާނގެ މައްޗަށް އެއްވެސް ފަރާތަކަށް ގަދަނުވެވޭނޭ ރަސްކަލާނގެއެވެ. ﴿ٱلْحَكِيم﴾ ކޮންމެ ކަމެއް ޙިކްމަތްވަންތަކަމާއި، މިންވަރުކުރެއްވުމާއި ތަދްބީރާއެކު ކުރައްވާ، ކޮންމެ އެއްޗަކަށް އޭގެ ޙައްޤު މަޤާމު ދެއްވާ ރަސްކަލާނގެއެވެ.
ނޯޓް