038
صٓ ۚ وَٱلْقُرْءَانِ ذِى ٱلذِّكْرِ ﴿١﴾ ﴿ ١
ތަރުޖަމާ
ص (މިއަކުރުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) ހަނދާންކޮށްދިނުމުގެ ވެރި ޤުރްއާން ގަންދެއްވައި ވަޙީކުރައްވަމެވެ. (ހަމަކަށަވަރުން، އެއީ ޙައްޤު ތެދެވެ.) (1)
ތަފްސީރު
ކުރިންވެސް އެތައް ފަހަރަކު ބުނެވިފައިވާ ފަދައިން ވަކި އަކުރުތައް ގެންނަވާފައި ވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށެވެ. މާތް ﷲ މިވަނީ މަތިވެރި، ޝަރަފުވެރި، ދަރަޖަ އުފުލިގެންވާ ޤުރްއާން ގަންދެއްވައި ހުވައި ވަޙީކުރައްވައިފައެވެ. ހުވައިގެ ޖަވާބު ވަނީ އުނިކުރެވިފައެވެ. އެބައި ފުރިހަމަވާނީ މިފަދަ ގޮތަކަށެވެ. ޤުރްއާން ގަންދެއްވައި ވަޙީކުރައްވަމެވެ. ހަމަކަށަވަރުން އެއީ މުޢުޖިޒާތެއް ކަމުގައިވާ ފޮތެކެވެ. ހަމަކަށަވަރުން މުޙައްމަދު ﷺ އަކީ ތެދުވެރިއެކެވެ.
ނޯޓް