037
وَٱلصَّـٰٓفَّـٰتِ صَفًّا ﴿١﴾ ﴿ ١
ތަރުޖަމާ
ސަފުސަފަށް ތިއްބަވާ މަލާއިކަތުންނާއި، އުރެދުންތަކުން މީސްތަކުން ދުރުކުރައްވާ މަލާއިކަތުންނާއި، ޤުރްއާން ކިޔަވައިވިދާޅުވާ މަލާއިކަތުން ގަންދެއްވައި ވަޙީކުރައްވަމަވެ. (1-3)
ތަފްސީރު
މި ސޫރަތް ފައްޓަވާފައި މިވަނީ ރެއާއި ދުވާލު މާތް ﷲ އަށް ތަސްބީޙަ ދަންނަވާ ޠާހިރު މަލާއިކަތުންގެ ތަފާތު ބައިތައް ގަންދެއްވައި، ޙައްޤު ގޮތުގައި އަޅުކަންކުރެވޭ އިލާހަކީ އެއްކައުވަންތަ އިލާހު ކަމުގައި ވަޙީކުރައްވަމުންނެވެ. މާނައީ: މީސްތަކުންނޭވެ! މަލާއިކަތުންގެ ތެރެއިން މުއުމިނުންގެ ސަފުތައް ފަދައިން ފައިންޕުޅު ހަމަކުރައްވައި ނަމާދަށް ސަފުހައްދަވާ މަލާއިކަތުންނާއި، އަޅުތަކުންނަށް ފެންލިބޭނެގޮތް ހެއްދެވުމަށްޓަކައި ވިލާތަކަށް އަމުރުކުރައްވައި އެވިލާތައް މާތް ﷲ އިރާދަކުރައްވާ ތަންތަނަށް ގެންދަވާ މަލާއިކަތުންނާއި، މާތް ﷲ އެކަލާނގެ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ މައްޗަށް ބާވައިލެއްވި ފޮތްތައް ކިޔަވާވިދާޅުވާ މަލާއިކަތުން ގަންދެއްވައި ވަޙީކުރައްވަމެވެ.
ނޯޓް