035
ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَـٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍ مَّثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ ﴿١﴾ ﴿ ١
ތަރުޖަމާ
ޙަމްދު ހުރީ اللَّه އަށެވެ. އެކަލާނގެއީ، އިސްވެދިޔަ މިސާލަކާ ނުލައި އުޑުތަކާއި، ބިން އުފެއްދެވި ރަސްކަލާނގެއެވެ. ދޭކުން، ތިނަކުން، ހަތަރަކުން ފިޔަފުޅުތަކެއް ލިބިވަޑައިގެންފައިވާ މަލާއިކަތުން އެއީ (އެކިއެކި ކަންކަމާއިގެން) ފޮނުއްވާ ބަޔަކުކަމުގައި ލެއްވި ރަސްކަލާނގެއެވެ. ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަކަށް އިތުރު ކުރައްވަތެވެ. ހަމަކަށަވަރުން اللَّه އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. (1)
ތަފްސީރު
ސޫރަތް ފަށްޓަވާފައި މިވަނީ ކީރިތިވަންތަ މަތިވެރިވަންތަ ﷲ އަށް ޙަމްދުކުރުމުންނެވެ. އެކަލާނގެއީ ކައުނު ހެއްދެވި ރަސްކަލާނގެއެވެ. އިސްވެދިޔަ މިސާލެއް ނެތި ދުނިޔެ އުފެއްދެވި ރަސްކަލާނގެއެވެ. ގިނަ ފިޔަތަކާއެކު، ޢަޖާއިބު ކުރަނިވި ސިފައިގައި އެކަލާނގެ މަލާއިކަތުން ހެއްދެވިއެވެ. އެބޭކަލުންގެ ތެރޭގައި ދެފިޔަފުޅު ހުންނަ ބޭކަލުންނާ، ތިންފިޔަފުޅު ހުންނަ ބޭކަލުންނާ، އެއަށްވުރެ ގިނަ ފިޔަފުޅު ހުންނަ ބޭކަލުން ވެއެވެ. ﴿فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ﴾ ގެ މާނައީ އެކަލާނގެއީ އިސްވެދިޔަ މިސާލެއްނެތި އެތަންތަން އުފެއްދެވި ކަލާނގެއެވެ. އެބަހީ އެންމެ ފުރަތަމަ އީޖާދު ކުރެއްވި ރަސްކަލާނގެއެވެ. ﴿يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ﴾ ގެ މާނައީ މަލާއިކަތުން ހެއްދެވުމުގައި އެކަލާނގެ އިރާދަކުރައްވާ ގޮތަށް އިތުރުކުރައްވައެވެ. ޖިސްމާއި، ސިފައާއި، ފިޔަފުޅުތަކުގެ ޢަދަދުގައެވެ. عَنْ زِرِّ بْنِ حُبَيْشٍ ...... قَالَ أَخْبَرَنِي ابْنُ مَسْعُودٍ أَنَّ النَّبِيَّ صلى الله عليه وسلم رَأَى جِبْرِيلَ لَهُ سِتُّمِائَةِ جَنَاحٍ‏.‏ (صحيح مسلم، كتاب الإيمان، باب فِي ذِكْرِ سِدْرَةِ الْمُنْتَهَى) (ޒިއްރު ބްނު ޙުބައިޝްގެ އަރިހުން ރިވާވެގެން ވެއެވެ. އޭނާ ވިދާޅުވިއެވެ. އިބްނު މަސްޢޫދު رضي الله عنه އަހުރެންނަށް ޚަބަރުދެއްވިއެވެ. ޖިބްރީލު عليه السلام އަށް ހަސަތޭކަ ފިޔަފުޅު ވަނިކޮށް ނަބިއްޔާ ﷺ ދެކެވަޑައިގަތެވެ.) (ޞަޙީޙު މުސްލިމް، ޙަދީޘު: 174) ބައެއް ރިވާޔަތުގައި ވާގޮތުން ޖިބްރީލު عليه السلام އެކަލޭގެފާނުގެ ދެފިޔަފުޅު ހުޅުވައިލެއްވުމުން އިރާއި ހުޅަނގާއި ދެމެދު އެއްކޮށް ބައްދައިލިއެވެ. މިހުރިހާ ކަމެއް ދަލީލުކުރަނީ ޚާލިޤުވަންތަ ރަސްކަލާނގެ މަތިވެރިކަމާ، އެކަލާނގެ އުފެއްދެވުމުގެ ފުރިހަމަ ކަމަށެވެ. ފަހެ، ދެފިޔައާއެކު ދޫނި ހެއްދެވި ރަސްކަލާނގެ ގިނަ ފިޔަފުޅުތަކާއެކު މަލާއިކަތުން ހެއްދެވީ އެކަލާނގެ މަތިވެރިވަންތަކަމާއި، އެކަލާނގެ ކުޅަދުންވަންތަކަމާއި، ބާރުވެރިކަން ބަޔާންކުރެއްވުމަށެވެ. އެހެންކަމުން، އާޔަތް ނިންމަވާލައްވާފައި ވަނީ މިބަސްފުޅުންނެވެ. ﴿إِنَّ ٱللَّـهَ عَلَىٰ كُلِّ شَىْءٍ قَدِيرٌ﴾ އެކަލާނގެއީ އިރާދަކުރައްވާ ކޮންމެ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ. އެކަލާނގެ ނުކުޅައްދައިލެވޭނޭ އެއްވެސް އެއްޗެއް ނުވެއެވެ. ދެން، މާތް ﷲ ބަޔާންކުރައްވަނީ ކައުނުގެ ހުރިހާ ކަމެއް ބަލަހައްޓަވައި ހިންގަވަނީ އެކަލާނގެ ކަމުގައްޔާއި، ހުރިހާ ކަމެއްގެ ތަޅުދަނޑިތައް މިލްކުކުރައްވަނީ އެކަލާނގެ ކަމުގައެވެ. އެކަލާނގެ ވަޙީކުރައްވަނީ
ނޯޓް