034
ٱلْحَمْدُ لِلَّهِ ٱلَّذِى لَهُۥ مَا فِى ٱلسَّمَـٰوَٰتِ وَمَا فِى ٱلْأَرْضِ وَلَهُ ٱلْحَمْدُ فِى ٱلْءَاخِرَةِ ۚ وَهُوَ ٱلْحَكِيمُ ٱلْخَبِيرُ ﴿١﴾ ﴿ ١
ތަރުޖަމާ
ޙަމްދު ހުރީ اللَّه އަށެވެ. އެކަލާނގެއީ، އުޑުތަކާއި، ބިމުގައިވާހާ އެއްޗަކާއި، ކަމެއް، އެކަލާނގެއަށް މިލްކުވެގެންވާ ރަސްކަލާނގެއެވެ. އަދި އާޚިރަތް ދުވަހުންވެސް ޙަމްދު ހުރީ އެކަލާނގެއަށެވެ. އަދި އެކަލާނގެއީ، މޮޅަށް ދެނެވޮޑިގެންވާ، ޙަކީމުވަންތަ ރަސްކަލާނގެއެވެ. (1)
ތަފްސީރު
މިއީ ﴿ٱلْحَمْدُ لِلَّـهِ﴾ މި ލަފްޒުން ފަށްޓަވާފައިވާ ފަސް ސޫރަތުގެ ތެރެއިން ސޫރަތެކެވެ. އެއީ މާތް ﷲއަށް ޙަމްދުކުރާނެ ގޮތާއި، އިސްވެދިޔަ މިސާލެއްނެތި ހެއްދެވި ޙިކްމަތްވަންތަ ރަސްކަލާނގެ އަށް ޝުކުރު އަދާކުރާނެ ގޮތް އެކަލާނގެ އަޅުންނަށް ދަސްކޮށްދެއްވުމަށެވެ. ފަހެ، އެކަލާނގެ ޢަދަދުނުކުރެވޭ ނިޢުމަތްތަކަށްޓަކައި، އެންމެހައި ތަޢުރީފާއި ޙަމްދު ޙައްޤުވެގެންވަނީ ހަމައެކަނި އެކަލާނގެއަށެވެ. ފަހެ، ކައުނުގައިވާ އެންމެހައި ތަކެއްޗަކީ އެކަލާނގެ ޚަލްޤުކުރައްވާފައިވާ އެކަލާނގެ މިލްކެވެ. އެކަލާނގެއީ ހައްދަވައި، ރިޒުޤުދެއްވައި، ނިޢުމަތްދެއްވާ ރަސްކަލާނގެއެވެ. އެހެންކަމުން، ދުނިޔެއާއި އާޚިރަތުގައިވެސް ޙަމްދުހުރީ އެކަލާނގެއަށެވެ. އެކަލާނގެއީ ކުރައްވާ ކޮންމެ ކަމެއްގައި ޙިކްމަތްވަންތަ، ޚަލްޤުތަކުންގެ ހުރިހާ ކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. ދެން އެކަލާނގެ ކުޅަދުންވަންތަކަމާއި، މަތިވެރިވަންތަކަމުގެ ބައެއް ހެކިތައް ބަޔާންކުރައްވަމުން އެކަލާނގެ ވަޙީކުރައްވަނީ
ނޯޓް