ތަފްސީރު
الٓم މިގޮތަށް ލިޔެފައި އޮތަސް ކިޔާނީ أَلِفْ لَامْ مِيْمْ އެވެ. ވަކިއަކުރުތައް ގެންނަވާފައި ވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށެވެ. އަދި ބަލާޣާތްތެރިންނާއި، ފަޞާޙާތްތެރީންގެ ބަސް ހުއްޓުވައިލި މި ޤުރްއާން އެކުލެވިފައިވަނީ އަލިފުބާގެ އެފަދަ އަކުރުތަކަކުންކަމަށް އިޝާރާތް ކުރެއްވުމަށެވެ. އަދި އެއީ ޢަރަބި ބަހުން ވާހަކަދައްކާ މީހުން އަތްފޯރާ ފަށުގައިވާ އަކުރުތަކަކަށް ވާއިރު، އެބައިމީހުން އެއާ އެއްފަދަ އެއް ސޫރަތް ގެނެސްބަލާށެވެ. އެހެންކަމުން، ދެން އެކަލާނގެ ވަޙީކުރައްވަނީ