ތަރުޖަމާ
ا ل م (މިއަކުރުތަކާއި ބައެއް ސޫރަތް ފެށޭތާނގައިވާ އަލިފުބާގެ މިފަދަ އަކުރުތަކުގެ މާނައާމެދު، ޢިލްމުވެރިންގެމެދުގައި ޚިލާފު ހުށްޓެވެ. ބައެއް ޢިލްމުވެރިން ވިދާޅުވަނީ، ކީރިތި ޤުރްއާން އެކުލެވިގެންވަނީ، ޢަރަބީންގެ އެންމެން ވާހަކަ ދައްކައިއުޅޭ އަލިފުބާގެ މިފަދަ އަކުރުތަކުން ކަމުގައި ވުމާއެކުވެސް، އެ އަކުރުތަކަކީ، ޤުރްއާނުގެ އެންމެ ސޫރަތަކާ އެއްފަދަ އެއްޗެއް ކީއްކުރަންތޯ، އެންމެ އާޔަތަކާ އެއްފަދަ އެއްޗެއްވެސް، އެއުރެންނަށް ގެނެސް ނުގަނެވޭނެކަމަށް ގޮންޖެއްސެވުމުގެ ގޮތުން އައިސްފައިވާ އަކުރުތަކެއް ކަމުގައެވެ.) (1)
ތަފްސީރު
﴿الٓمٓ﴾ މިފަދަ ވަކި އަކުރުތަކަކީ ކީރިތި ޤުރްއާނަކީ މުޢުޖިޒާތެއްކަން ހާމަކޮށްދެއްވުމަށް ގެންނަވާފައިވާ އަކުރުތަކެކެވެ. އެހެނީ، އެއާ އެއްފަދަ އެއްޗެއް ގެނައުމަށް الله ފިޔަވައި އެހެން ހުރިހާ ފަރާތެއް ނުކުޅެދިފައިވާ މިފޮތް އެކުލެވިގެން ވަނީ މިފަދަ އަކުރުތަކެއްގެ މައްޗަށެވެ. ކީރިތި الله އެވަނީ މިއަކުރުތަކުން އިންސާނުންނަށް ތަޙައްދީ ކުރައްވައިފައެވެ.