029
الٓمٓ ﴿١﴾ ﴿ ١
ތަރުޖަމާ
ا ل م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (1)
ތަފްސީރު
ވަކިއަކުރުތައް ގެންނަވާފައި ވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށެވެ. އާޔަތުގެ މާނައީ: މީސްތަކުން ހީކުރަނީ އެބައިމީހުންގެ ދުލުން އިސްލާމްވެއްޖައީމޭ ބުނެލުމުން، މިދުނިޔޭގައި އެބައިމީހުން އިމްތިޙާނު ނުކުރައްވައި ދޫކޮށްލައްވާނެ ކަމަށް ހެއްޔެވެ؟ ކަންހުރީ އެހެންނަކުން ނޫނެވެ. އަދިކިއެއްތަ، ތެދުވެރިންނާއި، މުނާފިޤުން ވަކިވެ އެނގުމަށް އެބައިމީހުން އިމްތިޙާނުކުރަން ޖެހެއެވެ. މިއާޔަތްތައް ބާވައިލެއްވީ މުޝްރިކުން ދުއްތުރާކޮށް އަޛާބުދެމުން ގެންދިޔަ މުއުމިނުންގެ ބަޔަކާ ބެހޭ ގޮތުންނެވެ. އެބައިމީހުން އެކަމާ ހިތްނުތަނަސްވެ، ﷲ ގެ ނަޞްރު އައުން ލަސްވެގެން އުޅުނީއެވެ. ދެން މާތް ﷲ މިއާޔަތްތައް ބާވައިލައްވައި އެބައިމީހުންގެ ހިތްތައް ހަމަޖައްސަވައިދެއްވީއެވެ. އަދި ކާފަރުންނަށް މުއުމިނުންގެ މައްޗަށް ބާރުދެއްވައި، އެބައިމީހުންގެ ތެރެއިން ރަނގަޅުމީހުން ހޮއްވަވައި، ދަރަޖަ އުފުއްލަވައި، މުއުމިނުންނާއި މުނާފިޤުން ވަކިކުރެއްވުމީ އަޅުތަކުންނާމެދު ހިނގާ އެކަލާނގެ އިލާހީ ސުންނަތްކަން އެބައިމީހުންނަށް އަންގަވައިދެއްވީއެވެ. އެހެންކަމުން، ދެން އެކަލާނގެ ވަޙީކުރައްވަނީ
ނޯޓް