028
طسٓمٓ ﴿١﴾ ﴿ ١
ތަރުޖަމާ
ط س م (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (1)
ތަފްސީރު
ވަކި އަކުރުތައް ގެންނަވާފައިވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށެވެ. މިއީ މުޢުޖިޒާތެއް ކަމުގައިވާ ފޮތުގެ އާޔަތްތަކެވެ. އެފޮތުގެ ބަޔާންކުރުން ސާފުވެގެންވެއެވެ. އަދި މުޢުޖިޒާތް ފާޅުވެގެންވެއެވެ. މުޙައްމަދު ﷺ އެވެ! ތިމަންރަސްކަލާނގެ އެފޮތް ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވީ ކަލޭގެފާނުގެ ރަސޫލުކަން ތެދުކަމުގެ މައްޗަށް ދަލީލުކުރާ ރައްދުނުކުރެވޭނޭ ދަލީލެއްގެ ގޮތުގައެވެ. ދެން މާތް ﷲ ގެންނަވާފައި މިވަނީ މޫސާ عليه السلام އާއި އަނިޔާވެރިކަމުގައި ޙައްދު ފަހަނައަޅައި ގޮސްފައިވާ ޖައްބާރު ފިރްޢައުނުގެ ވާހަކައެވެ. އެކަލާނގެ ވަޙީކުރައްވަނީ
ނޯޓް