إِنَّ ٱلَّذِينَ لَا يُؤْمِنُونَ بِٱلْءَاخِرَةِ زَيَّنَّا لَهُمْ أَعْمَـٰلَهُمْ فَهُمْ يَعْمَهُونَ ﴿٤﴾ ﴿ ٤ ﴾
ތަފްސީރު
އަލުން ދިރުއްވާނެކަން ޔަޤީންކުރާ މުއުމިނުންގެ ވާހަކަ ގެންނެވުމަށްފަހު، ދެން ގެންނަވާފައި މިވަނީ ހިސާބުބައްލަވާނެކަމާއި، ޖަޒާދެއްވާނެކަން އިންކާރުކޮށް ދޮގުކުރާ މީހުންގެ ވާހަކައެވެ. މާނައީ: ހަމަކަށަވަރުން ހިސާބުބައްލަވާނެކަމާއި، ޖަޒާދެއްވާނެކަން ތެދުނުކުރާ މީހުން ދަންނާށެވެ. ތިމަންރަސްކަލާނގެ އެބައިމީހުންގެ ނުބައި ޢަމަލުތައް އެބައިމީހުންނަށް ހެޔޮ ޢަމަލުހެން ހީވާވަރަށް ޒީނަތްތެރި ކުރެއްވީމެވެ. ފަހެ، އެބައިމީހުން ދުނިޔޭގައި އުޅޭނީ ކަނު ބައެއް ފަދައިންނެވެ. ގެއްލުން ހުރި ކަންކަމާއި، ފައިދާ ހުރި ކަންކަން އަދި ހެވާއި ނުބައި ވަކިކުރަން ނޭނގި ދެވޭނުދެވޭ ތަނެއް ނޭނގި އެނބުރޭ ޙާލުގައެވެ.