025
تَبَارَكَ ٱلَّذِى نَزَّلَ ٱلْفُرْقَانَ عَلَىٰ عَبْدِهِۦ لِيَكُونَ لِلْعَـٰلَمِينَ نَذِيرًا ﴿١﴾ ﴿ ١
ތަރުޖަމާ
ޢާލަމްތަކަށް އިންޒާރުކުރައްވާ ބޭކަލަކު ކަމުގައިވުމަށް، އެކަލާނގެ އަޅާއަށް ޤުރްއާން ބާވައިލެއްވި ކަލާނގެ، މަތިވެރިވެވޮޑިގެންފިއެވެ. (1)
ތަފްސީރު
އެންމެހާ ޚަލްޤުތަކުންނަށް ނަބީބޭކަލަކަށް ވުމަށާއި، އެބައިމީހުންނަށް މާތް ﷲގެ ޢަޛާބުގެ އިންޒާރުކުރައްވާ ބޭކަލަކު ކަމުގައި ވުމަށް، އެކަލާނގެ ރަސޫލާ އަދި އަޅާ މުޙައްމަދު ﷺ ގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލެއްވި ﷲ ޢިއްޒަތެރިވެ، މަތިވެރިވެވޮޑިގެންފިއެވެ.
ނޯޓް