سُورَةٌ أَنزَلْنَـٰهَا وَفَرَضْنَـٰهَا وَأَنزَلْنَا فِيهَآ ءَايَـٰتٍۭ بَيِّنَـٰتٍ لَّعَلَّكُمْ تَذَكَّرُونَ ﴿١﴾ ﴿ ١ ﴾
ތަފްސީރު
މިއީ ދަރަޖަ މަތިވެރިވެގެންވާ، ޤަދަރު އުފުލިގެންވާ ސޫރަތެކެވެ. އޭގައި ހަލާލާއި ހަރާމާއި، ހައްދުތަކާއި ހުކުމްތައް ވެއެވެ. މުއުމިނުންނޭވެ! ތިމަންރަސްކަލާނގެ އެކަންތައް ބާވައިލެއްވީ އަދި ފަރުޟުކުރެއްވީ ތިޔަބައިމީހުންނާއި، ތިޔަބައިމީހުންގެ ފަހުން އަންނަން ތިބި މީހުންގެ މައްޗަށެވެ. މިސޫރަތުގައި ނަސޭހަތްތަކާއި، އިބްރަތްތައް ވެއެވެ. މިސޫރަތް ތިމަންރަސްކަލާނގެ ބާވައިލެއްވީ ހަމައެކަނި ކިޔަވައި ބަރަކާތް ޙާޞިލުކުރުމަކަށް ނޫނެވެ. އަދި ކިއެއްތަ އެއަށް ޢަމަލުކޮށް އޭގައިވާ ޙައްދުތަކާއި، ޙުކުމްތަކަށް ތަބަޢަވުމަށެވެ. ދެން މީގެ ތެރެއިން ބައެއް ޙުކުމްތައް ބަޔާންކުރައްވަމުން މާތް ﷲ ވަޙީކުރައްވަނީ