ތަފްސީރު
ފަހެ، މާތް ﷲ އެމީހަކަށް ޙަލާލުކުރެއްވި އަނބިންނާއި އަޅުން ފިޔަވައި އެހެން ގޮތެއް ހޯދަން އުޅުނު މީހާ ދަންނާށެވެ. އޭނާވަނީ ފާފަވެރިކަމާއި، އުރެދުމުގައި ހައްދުފަހަނައަޅައިގޮސްފައެވެ. އަހުލުއްސުންނަތުގެ ފިޤުހުވެރިން ވަނީ މުތުޢާ ކައިވެނި ޙަރާމްކަމުގެ މައްޗަށް މިއާޔަތުން ދަލީލު ނަންގަވާފައެވެ. އެހެނީ، މުތުޢާ ކައިވެނީގައި ކައިވެނި ކުރެވޭ މީހާއީ އަތްނބެއް ނޫނެވެ. އެއީ، އޭނާ ވާރުތަނުކުރާތީއާއި، އޭނާގެ ފަރާތުން ވާރުތަނުވާތީއެވެ. އަދި އޭނާ އަކީ މިލްކުކުރެވޭ އަޅެއްވެސް ނޫނެވެ. އެހެންކަމުން، މިފަދަ ކައިވެނި ކުރާމީހާ ހިމެނޭނީ، ޤުރްއާނުގެ ބަސްފުޅުން ސާބިތުވާ ގޮތުގައި، ހައްދުފަހަނައަޅައިދިޔަ މީހުންގެ ތެރޭގައެވެ. އިތުރު ތަފްޞީލު ހޯދުމަށް އަހުރެންގެ ފޮތް مَوْقِفُ الشَّرِيعَةِ الْغَرَّاءِ مِنْ نِكَاحِ الْمُتْعَةِ ކިޔާށެވެ. އެފޮތުގައި މުތުޢާގެ ކައިވެނި ޙަރާމްކަމުގެ ސާފު ދަލީލުތައް ހުންނާނެއެވެ. އަދި ރަސޫލުﷲ ﷺ ވަނީ ޚައިބަރު ހަނގުރާމައިގެ ދުވަހުގައްޔާއި، މައްކާ ފަތަޙަކުރެއްވި ދުވަހު އެކަން ޙަރާމްކުރައްވާފައެވެ.