021
ٱقْتَرَبَ لِلنَّاسِ حِسَابُهُمْ وَهُمْ فِى غَفْلَةٍ مُّعْرِضُونَ ﴿١﴾ ﴿ ١
ތަރުޖަމާ
މީސްތަކުންނަށް އެއުރެންގެ (ޢަމަލުތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން ޣާފިލުވެ (އެކަމުން) އެއްކިބާވެގެންވާ ޙާލުގައެވެ. (1)
ތަފްސީރު
މީސްތަކުންގެ ޙިސާބުބައްލަވާ ވަގުތު ގާތްވެއްޖެއެވެ. އެބައިމީހުން އާޚިރަތާ މެދު ޣާފިލުވެ، އެދުވަހަށްޓައި ޢަމަލުނުކޮށް، އެ ބިރުވެރި ދުވަހަށް ތައްޔާރުނުވެ ތިއްބައެވެ. އާޔަތްތައް ބާވައިލައްވާއިރުވެސް އެބައިމީހުން ހިދާޔަތާއި އީމާންކަމުން އެއްކިބާވެގެންތިއްބައި، ޙިސާބުބައްލަވާ ދުވަސް ގާތްވަނީއެވެ.
ނޯޓް