020
طه ﴿١﴾ ﴿ ١
ތަރުޖަމާ
ط هـ (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) (1)
ތަފްސީރު
ތިމަންރަސްކަލާނގެ މިޤުރްއާން ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވީ، ކަލޭގެފާނު އަބާއްޖަވެރިވެ، ދަތިތަކާ ކުރިމަތިލެއްވުމާއި، ނުކިޔަމަންތެރީންނާއި ބަހުސްކުރެއްވުމުގައި ވަރުބަލިފުޅުވާކަށް ނޫނެވެ. ތިމަންރަސްކަލާނގެ އެފޮތް ބާވައިލެއްވިކަން ކަށަވަރީ ކަލޭގެފާނު ބައްޖާވަރިވާނެ، އަދި ކަލޭގެފާނަށް ތަބަޢަވެ ކަލޭގެފާނަށް ނަޞްރުދިން މީހުން ބާއްޖަވެރިވާނެ ރަޙްމަތެއްގެ ގޮތުގައެވެ. އަދި މާތް ﷲއަށް ބިރުވެތިވެ، އާޚިރަތަށް ބިރުގަންނަ ބަޔަކަށް ޢިބްރަތާއި ނަސޭހަތަކަށް ވުމަށެވެ. މިފުރިހަމަ އޯގާވެރި ފެށްޓެވުމުން ސޫރަތް ފަށްޓަވައި، މި މަޑުމައިތިރި އުސްލޫބުން ރަސޫލާ ﷺ އާއި މުޚާޠަބުކުރައްވާފައިވަނީ، އެކަލޭގެފާނުގެ މައްޗަށް ޤުރްއާން ބާވައިލައްވައި، އެކަލޭގެފާނަށް ދެއްވި ބޮޑު ނިޢުމަތް ބަޔާންކޮށްދެއްވުމަށެވެ. އެކަލޭގެފާނު އެފޮތުން ބާއްޖަވެރިވެ، ފުރިހަމަކަމާއި. ލޯބީގެ ދަރަޖަތަކުގައި މައްޗަށް ވަޑައިގަތުމަށެވެ. ރިވާވެގެން ވެއެވެ. ރަސޫލުﷲ ﷺ ގެ މައްޗަށް ކީރިތި ޤުރްއާން ބާވައިލެއްވުމުން އެކަލޭގެފާނާއި، އެކަލޭގެފާނުގެ އަޞްޙާބުބޭކަލުން ނަމާދުކުރެއްވިއެވެ. އަދި އެކަލޭގެފާނު ނަމާދުގައި ދިގުކޮށް ކިޔަވައިވިދާޅުވިއެވެ. ދެން މުޝްރިކުން ބުންޏެވެ. މުޙައްމަދު ﷺ އަބާއްޖަވެރިވުމަށް މެނުވީ މާތް ﷲ މުޙައްމަދު ﷺ ގެ މައްޗަށް ޤުރްއާން ބާވައިނުލައްވައެވެ. ދެން މިއާޔަތްތައް ބާވައިލެއްވިއެވެ. (ތަފްސީރު އިބްނިކަޘީރް، ސޫރަތު ޠާހާ، އާޔަތް: 2)
ނޯޓް