016
أَتَىٰٓ أَمْرُ ٱللَّهِ فَلَا تَسْتَعْجِلُوهُ ۚ سُبْحَـٰنَهُۥ وَتَعَـٰلَىٰ عَمَّا يُشْرِكُونَ ﴿١﴾ ﴿ ١
ތަރުޖަމާ
اللَّه ގެ އަމުރުފުޅު އަތުވެއްޖެއެވެ. ފަހެ، ތިޔަބައިމީހުން އެކަން އަވަސްވުމަށް ނޭދޭށެވެ! އެއުރެން ޝަރީކުކޮށް އުޅުނު ތަކެތިން، އެކަލާނގެ ހުސްޠާހިރުވެ، މަތިވެރިވެ ވޮޑިގެންވެއެވެ. (1)
ތަފްސީރު
ޤިޔާމަތް ދުވަސް އައުމުގެ ވަގުތު ގާތްވެއްޖެއެވެ. އެހެންކަމުން މުޙައްމަދު ﷺ ތިޔަބައިމީހުންނަށް ވަޢުދުވެވަޑައިގަތް ޢަޛާބު އަވަސްވުމަށް ތިޔަބައިމީހުން ނޭދޭށެވެ. ބުދުތަކުގެ ތެރެއިން އެކަލާނގެއަށް ޝަރީކަކު ވުމުން މާތް ﷲ ޙުސްޠާހިރުވަންތަ ވެވޮޑިގެން، މަތިވެރިވެ ވޮޑިގެން ވެއެވެ.
ނޯޓް