015
الٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ وَقُرْءَانٍ مُّبِينٍ ﴿١﴾ ﴿ ١
ތަރުޖަމާ
ا ل ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ، اللَّه އެވެ.) މިއީ، (ބާވައިލެއްވި) ފޮތުގެ، އަދި ފާޅުވެ ބަޔާންވެގެންވާ ޤުރްއާނުގެ އާޔަތްތަކެވެ. (1)
ތަފްސީރު
ވަކި އަކުރުތައް ގެންނަވާފައި ވަނީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށެވެ. ފަހެ، އެފަދަ އެއްޗެއް ގެނެސްގަތުމުން ހުރިހާ ފަރާތެއް ނުކުޅައްދާފައިވާ މިޤުރްއާނަކީ އަލިފުބާގެ މިފަދަ އަކުރުތަކަކުން އަތުރާލެވިފައިވާ، މާތް ﷲގެ ކަލާމްފުޅެވެ. މިއީ ފަޞާޙަތްތެރިކަމާއި ބަޔާންކުރުން ފުރިހަމަ، ސާފުކަމާއި، ފާޅުކަންބޮޑު، އެއްވެސް ދެކޮޅު ނުޖެހުމެއް ނެތް ފޮތުގެ އާޔަތްތަކެވެ.
ނޯޓް