013
الٓمٓر ۚ تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ۗ وَٱلَّذِىٓ أُنزِلَ إِلَيْكَ مِن رَّبِّكَ ٱلْحَقُّ وَلَـٰكِنَّ أَكْثَرَ ٱلنَّاسِ لَا يُؤْمِنُونَ ﴿١﴾ ﴿ ١
ތަރުޖަމާ
ا ل م ر (މި އަކުރުތަކުގެ މުރާދު ދެނެވޮޑިގެންވަނީ اللَّه އެވެ.) މިއީ ފޮތުގެ އާޔަތްތަކެވެ. އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނަށް ބާވައިލެއްވި ޙައްޤު ތެދެވެ. އެހެނެއްކަމަކު، މީސްތަކުންކުރެ ގިނަމީހުން (އެ ފޮތަކަށް އީމާނެއް ނުވެތެވެ. (1)
ތަފްސީރު
ވަކި އަކުރުތަކުން ސޫރަތް ފަށްޓަވައިފައި ވަނީ ޤުރްއާނަކީ އެފަދަ އެއްޗެއް ގެނެސްގަތުން އެކަށީގެންނުވާ ފޮތެއްކަން އެންގެވުމަށެވެ. އަދި އެފޮތް އެކުލެވިގެންވަނީ އަލިފުބާގެ މިފަދަ އަކުރުތަކަކުންކަން ދެއްކެވުމަށެވެ. ޤުރްއާނަކީ މީސްތަކުން ވާހަކަދައްކައި އުޅޭ ކަލިމަތަކަކުން އެކުލެވިފައިވާ ފޮތަކަށް ވިޔަސް، އެފޮތުގައިވާ ޢިބާރާތްކުރުމާއި، ތަރުތީބުކުރުމާއި، ބަޔާންކުރުމާއި، ޙުކުމްތައްވަނީ އިންސީންނާއި ޖިންނީން ނުކުޅައްދައިފައެވެ. ﴿تِلْكَ ءَايَـٰتُ ٱلْكِتَـٰبِ ﴾ މާނައީ މުޙައްމަދު ﷺ އެވެ! މިއީ ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ކަލޭގެފާނުގެ މައްޗަށް ބާވައިލެއްވި ކީރިތި ޤުރްއާނުގެ އާޔަތްތަކެވެ. މި ބަޔާންކުރެއްވުމާއި، ސާފުކަމާއި، ފާޅުކަމާއެކު ވެސް ގިނަ މީހުން ވަނީ އެފޮތް ދޮގުކޮށްފައެވެ. ފަހެ، އެއީ ޢިއްޒަތްތެރިކަމާއި، މަތިވެރިވަންތަކަމުގެ ވެރިރަސްކަލާނގެ ކަލާމްފުޅު ކަމުގައި އެބައިމީހުން ޤަބޫލުނުކުރެއެވެ.
ނޯޓް