ތަފްސީރު
﴿الٓر﴾ މިއަކުރުތައް ކިޔަނީ އަލިފް ލާމް ރާ މިގޮތަށެވެ. މި ވަކި އަކުރުތައް އައިސްފައި މިވަނީ ޢަރަބިން ނުކުޅައްދައި އެބައިމީހުންނަށް ތަޙައްދީކުރުމަށެވެ. މިއީ ޤުރްއާން އެއަކުރުތަކަކުން އެކުލެވިގެންވާ އަކުރުތަކެވެ. މިއާ އެއްފަދަ އެއްޗެއް ގެނެސްގަތުމަށް ތިޔަބައިމީހުން ނުކުޅެދިފައި ވަނީ ކީއްވެހެއްޔެވެ؟ އެފަދަ ދެވަނަ އެއްޗެއް ގެނެސްގަތުމުގެ ކުޅަދާނަކަން އެއްވެސް ބަޔަކަށް ލިބިފައި ނުވާ މިފޮތުގެ އާޔަތްތައް އެކުލެވިފައިވަނީ މިފަދަ އަކުރުތަކަކުންނެވެ. މުޙައްމަދު ﷺ އެވެ! މިއީ ފާޅުވެ ބަޔާންވެގެންވާ ފޮތުގެ އާޔަތްތަކެވެ. އޭގެ އަދަބީ ބަޔާންކުރުމަކީ މުޢުޖިޒާތެއްކަމުގައިވާ، އޭގެ ޙުކުމްތަކުގެ ވިދުވަރު ގަދަ، އޭގެ މާނަތަކުގެ ސާފުކަން ބޮޑު ފޮތެވެ.