113
قُلْ أَعُوذُ بِرَبِّ ٱلْفَلَقِ ﴿ ١
ތަރުޖަމާ
ކަލޭގެފާނު ވިދާޅުވާށެވެ! ފަތިހުގެ ވެރިރަސްކަލާނގެ حضرة ން ރައްކާތެރިކަން ލިބިގަންނަމެވެ. (1)
ތަފްސީރު
މިއީ المعوّذتان (މާތް ﷲގެ ރައްކާތެރިކަމަށް އެދެން ކިޔެވޭ ދެސޫރަތް) ގެ ތެރެއިން އެއް ސޫރަތެވެ. މި ސޫރަތުގައި ވަނީ ޢަދުއްވުންގެ ނުބައިކަމުން އެންމެ މަތިވެރިރަސްކަލާނގެ ޙިމާޔަތާއި ރައްކާތެރިކަމަށް އެދިފައެވެ. ކީރިތި ޤުރްއާން އަލްފާތިޙާ ސޫރަތުން ފަށްޓަވާފައި މި ދެސޫރަތުން ނިންމަވާފައި ވަނީ ރިވެތި ފެށުމާއެކު ރިވެތި ނިމުންވެސް ގެންނެވުމަށެވެ. އެހެނީ، މުއުމިން އަޅާ ކުރާ ކަމެއް ފެށުނީއްސުރެ ނިމެންދެން އެކަމުގައި މާތް ﷲގެ އެހީތެރިކަމަށް އެދެއެވެ. މާނައީ: ރަސޫލާ ﷺ އެވެ! ކަލޭގެފާނު ވިދާޅުވާށެވެ. އަނދިރިކަން ފިލައިގޮސް އަލިވެގެން އަންނަ ފަތިހުގެ ވެރިރަސްކަލާނގެ ޙަޟްރަތުން ޙިމާޔަތް ހޯދައި ރައްކާތެރިކަން ލިބިގަންނަމެވެ. ﴿فَالِقُ ٱلْإِصْبَاحِ﴾ (އެކަލާނގެއީ، ފަތިހުގެ އަލިކަން ނެރުއްވި ރަސްކަލާނގެއެވެ.) އައްޒައްޖާޖު ވިދާޅުވިއެވެ. ﴿ٱلْفَلَق﴾ އަކީ ފަތިހުގެ އައްޔެވެ. ޢަރަބި މިސާލު ބަހެއްގައި ވެއެވެ. "الْأَمْرُ أَبْيَنُ مِنْ فَلَقِ الصُّبْحِ" (އެކަން ފަތިހުގެ އައްޔަށްވުރެ ފާޅުކަން ބޮޑުވެގެން ވެއެވެ.)
ނޯޓް