111
تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ ﴿ ١
ތަރުޖަމާ
أبولهب ގެ ދެއަތް ގެއްލި ހަލާކުވެދާށިއެވެ! (އެބަހީ: أبولهب އަށް ހަލާކު ހުށްޓެވެ.) އަދި އޭނާ ގެއްލި ހަލާކުވެއްޖެއެވެ. (1)
ތަފްސީރު
މި ސޫރަތް ބާވައިލެއްވީ އަބާއްޖަވެރިޔާ އަބޫލަހަބާ ބެހޭގޮތުންނެވެ. އޭނާއީ ރަސޫލުﷲ ﷺ އަށް ޢަދާވާތްތެރިކަން ބޮޑު މީހަކު ކަމުގައިވިއެވެ. ރަސޫލުﷲ ﷺ ގެ ދަޢުވަތު ކުރިޔަށް ދިޔަނުދީ، މީސްތަކުން އީމާންވުމަށް ހުރަސްއެޅުމުގައި އުޅެން އޭނާ ދިރިއުޅުމަށް ކުރާ މަސައްކަތްތައް ދޫކޮށްލައެވެ. އާޔަތުގެ މާނައީ: އަބޫލަހަބުގެ ދެ އަތް ހަލާކުވެދާށިއެވެ. އަދި އޭނާ ނާކަމިޔާބުވެ ގެއްލެނިވެދާށިއެވެ. އަދި އޭނާގެ ޢަމަލާއި މަސައްކަތް ބޭކާރުވެދާށިއެވެ. ﴿وَتَبَّ﴾ މިޢިބާރާތަކީ ޚަބަރެކެވެ. އެބަހީ އޭނާއަށް ހުރިހާ އެއްޗެއް ގެއްލި، އޭނާ ޙަޤީޤަތުގައިވެސް ގެއްލެނިވެއްޖެއެވެ. ފުރަތަމަ ލަފުޒަކީ ދުޢާއެކެވެ. ދެވަނަ ލަފުޒަކީ ޚަބަރެކެވެ. ޢަރަބި ބަހުގައި ބުނެ އުޅެއެވެ. أهْلّكهُ اللهُ وقَدْ هَلَك (މާތް ﷲ އޭނާ ނެތިކުރައްވާށިއެވެ. އަދި ހަމަކަށަވަރުން އޭނާ ނެތިހިނގައްޖެއެވެ.) އަބޫލަހަބަށް ހަލާކުގެ ދުޢާ ކުރެއްވުމުގެ ސަބަބު އަންނަނިވި ޙަދީޘުގައި ވެއެވެ. عَنِ ابْنِ عَبَّاسٍ، قَالَ لَمَّا نَزَلَتْ هَذِهِ الآيَةُ ﴿وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ﴾ وَرَهْطَكَ مِنْهُمُ الْمُخْلَصِينَ ‏.‏ خَرَجَ رَسُولُ اللَّهِ صلى الله عليه وسلم حَتَّى صَعِدَ الصَّفَا فَهَتَفَ ‏"‏ يَا صَبَاحَاهْ ‏"‏ ‏.‏ فَقَالُوا مَنْ هَذَا الَّذِي يَهْتِفُ قَالُوا مُحَمَّدٌ ‏.‏ فَاجْتَمَعُوا إِلَيْهِ فَقَالَ ‏"‏ يَا بَنِي فُلاَنٍ يَا بَنِي فُلاَنٍ يَا بَنِي فُلاَنٍ يَا بَنِي عَبْدِ مَنَافٍ يَا بَنِي عَبْدِ الْمُطَّلِبِ ‏"‏ فَاجْتَمَعُوا إِلَيْهِ فَقَالَ ‏"‏ أَرَأَيْتَكُمْ لَوْ أَخْبَرْتُكُمْ أَنَّ خَيْلاً تَخْرُجُ بِسَفْحِ هَذَا الْجَبَلِ أَكُنْتُمْ مُصَدِّقِيَّ ‏"‏ ‏.‏ قَالُوا مَا جَرَّبْنَا عَلَيْكَ كَذِبًا ‏.‏ قَالَ ‏"‏ فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَىْ عَذَابٍ شَدِيدٍ ‏"‏ ‏.‏ قَالَ فَقَالَ أَبُو لَهَبٍ تَبًّا لَكَ أَمَا جَمَعْتَنَا إِلاَّ لِهَذَا ثُمَّ قَامَ فَنَزَلَتْ هَذِهِ السُّورَةُ تَبَّتْ يَدَا أَبِي لَهَبٍ وَقَدْ تَبّ. (صحيح مسلم، كتاب الإيمان، باب فِي قَوْلِهِ تَعَالَى: {وَأَنْذِرْ عَشِيرَتَكَ الأَقْرَبِينَ}) (އިބްނު ޢައްބާސް رضي الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ﴿وَأَنذِرْ عَشِيرَتَكَ ٱلْأَقْرَبِينَ﴾ (ކަލޭގެފާނުގެ އެންމެ ގާތްތިމާގެ ޤަބީލާގެ މީހުންނަށް އިންޒާރުކުރައްވާށެވެ!) މިއާޔަތް ބާވައިލެއްވުމުން ރަސޫލުﷲ ﷺ ނުކުމެވަޑައިގެން ޞަފާ ފަރުބަދައަށް އެރުއްވިއެވެ. އަދި ގޮވައިލެއްވިއެވެ. އޭ ހެނދުނާއެވެ! ދެން (ޤުރައިޝު ވަންހައިގެ މީހުން) ބުންޏެވެ. ގޮވައިލަނީ ކާކުހެއްޔެވެ؟ އެބައިމީހުން ބުންޏެވެ. މުޙައްމަދު ﷺ އެވެ. ދެން އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް ޖަމާވިއެވެ. އެހިނދު އެކަލޭގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލާގެފާނަށް ޚަބަރު ދީބަލާށެވެ. މި ފަރުބަދައިގެ ކައިރިން އަސްތަކެއް (އަސްވާރުންގެ ލަޝްކަރެއް) ނުކުންނަނީއޭ ތިމަންކަލޭގެފާނު ވިދާޅުވެއްޖެނަމަ، ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ ބަސްފުޅު ތެދުކުރާނަން ހެއްޔެވެ؟ އެބައިމީހުން ދެންނެވިއެވެ. އާދޭހެވެ. ކަލޭގެފާނުގެ ކިބައިން އިތުރުފުޅު ހެއްދެވުމެއް އަހަރުމެންނަށް ތަޖުރިބާކުރެވިފައި ނުވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން ތިމަންކަލޭގެފާނަކީ ގަދަފަދަ ޢަޛާބެއް އައުމުގެ ކުރިން ތިޔަބައިމީހުންނަށް އިންޒާރުކުރައްވަން ވަޑައިގެންނެވި ބޭކަލަކީމެވެ. އެހިނދު އަބޫލަހަބު ބުންޏެވެ. މުޙައްދު ﷺ އެވެ! ކަލޭގެފާނަށް ހަލާކު ހުށްޓެވެ. ކަލޭގެފާނު އަހަރުމެން އެއްކުރެއްވީ މިކަމަށްހެއްޔެވެ؟ ދެން މާތް ﷲ ﴿تَبَّتْ يَدَآ أَبِى لَهَبٍ وَتَبَّ﴾ ބާވައިލެއްވިއެވެ. (ޞަޙީޙު މުސްލިމް، ޙަދީޘު؛ 208)
ނޯޓް