110
إِذَا جَآءَ نَصْرُ ٱللَّهِ وَٱلْفَتْحُ ﴿ ١
ތަރުޖަމާ
اللَّه ގެ نصر އާއި، فتح އަތުވެއްޖެ ހިނދެވެ. (1)
ތަފްސީރު
ލޮބުވެތި ނަބިއްޔާ ﷺ އަށް ދެއްވާފައިވާ އުފާވެރިކަމުގެ މާތް ޚަބަރެކެވެ. އަދި ސީދާވެގެންވާ އިރުޝާދެކެވެ. އެ ޚަބަރުގައި އެކަލޭގެފާނުގެ ވެރިރަސްކަލާނގެ އެވަނީ ބޮޑުވެގެންވާ ފަތަޙައިގެ އުފާވެރިކަމުގެ ޚަބަރު ދެއްވާފައެވެ. މައްކާ ފަތަޙަކުރައްވުމުގެ ކުރިން އެކަން ހިނގާނެކަމުގެ ޚަބަރު މިގޮތަށް ދެއްވުމަކީ އެންމެ ފަހުގެ ރަސޫލާ ﷺ ގެ ނަބީކަމުގެ ތެދުކަމުގެ އެންމެ ފާޅުކަން ބޮޑު އެއް ދަލީލެވެ. މިތަނުގައި އައިސްފައިވާ ނަޞްރަކީ މައްކާ ފަތަޙަކުރެއްވުން ކަމުގައި ހުރިހާ ތަފްސީރު ޢިލްމުވެރިން އިޖްމާޢުވެވަޑައިގަންނަވައެވެ. މާނައީ: މުޙައްމަދު ﷺ އެވެ! ކަލޭގެފާނުގެ ޢަދުއްވުންގެ މައްޗަށް މާތް ﷲ ކަލޭގެފާނަށް ނަޞްރު ދެއްވައި، މާތް ﷲ އުއްމުލްޤުރާ، މައްކާ ކަލޭގެފާނަށް ފަތަޙަކޮށްދެއްވާ ހިނދު، (މިއީ ކަލޭގެފާނަށް ތަބަޢަވެގެން ތިބި މުއުމިނުން އިންތިޒާރުކުރަމުން ދިޔަ ބޮޑު ފަތަޙައެވެ.)
ނޯޓް