ތަފްސީރު
﴿الٓر﴾ ގެ ވަކިއަކުރުތަކަކީ ޤުރްއާނަކީ މުޢުޖިޒާތެއްކަން ބަޔާންކުރެއްވުމަށް ގެންނަވާފައިވާ އަކުރުތަކެކެވެ. އެހެނީ މިފަދަ އަކުރުތަކަކުން ކީރިތި ޤުރްއާން އެކުލައްވާފައިވާއިރު އެބައިމީހުންވަނީ އެއާ އެއްފަދަ އެންމެ ސޫރަތެއް ގެންނަން ނުކުޅެދިފައެވެ. މާނައީ މިއީ އެފޮތާ މެދު އެއްވެސް ޝައްކެއް ނުއުފެދޭ، ޙިކްމަތްތަކާއި، އެންމެ ރިވެތި ބަޔާންކުރުމުގެ މައްޗަށް އެކުލެވިފައިވާ ޙައްޤު ބަޔާންކުރާ، އޮޅުމެއްނެތި މާނަ ސާފުކޮށް އެނގޭ ފޮތެވެ.