ތަފްސީރު
މުޚާޠަބުކުރައްވާފައި ވަނީ ރަސޫލުﷲ ﷺ އާއެވެ. އެއީ އެކަލޭގެފާނު މާތްކުރައްވައި، ޝަރަފުވެރިކުރެއްވުމުގެ ގޮތުންނެވެ. މާނައީ: މުޙައްމަދު ﷺ އެވެ! ތިމަންރަސްކަލާނގެ ކަލޭގެފާނަށް ގިނަވެގެންވާ ހެޔޮކަން ދެއްވީމެވެ. އެހެންކަމުން، ޖާހިލުންނާއި މޮޔައިން ކަލޭގެފާނަށް ބުނާ ބަސްތަކާމެދު ކަލޭގެފާނު އަޅާނުލައްވާށެވެ. ގިނަވެގެންވާ އެ ހެޔޮކަމުގެ ތެރޭގައި ކައުޘަރޭ ކިއުނު އާރުވެސް ހިމެނެއެވެ. އެއީ އެއާރުން އެންމެ ފެން ކޯވަރެއް ބޮއެފި މީހާ ދުވަހަކުވެސް ކަރު ނުހިއްކާނެ އާރެވެ.