101
ٱلْقَارِعَةُ ﴿ ١
ތަރުޖަމާ
ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ قيامة ދުވަހެވެ. (1)
ތަފްސީރު
ޤިޔާމަތް ދުވަހަށް ތަފާތު އެތައް ނަމެއް ވެއެވެ. އޭގެތެރޭގައި الصّاخّة (ގަދަފަދަ އަޑު)، الطّامّة (ބޮޑުވެގެންވާ ކަންތައްގަނޑު)، الواقعة (ވާނޭ ކަން)، الغاشية (ބިރުވެރިކަން ވަށާލާނޭ ދުވަސް) އަދި القارعة (ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ދުވަސް) ހިމެނެއެވެ. މިސޫރަތުގައި ވެސް މިވަނީ އެނަންތަކުގެ ތެރެއިން އެއް ނަން އައިސްފައެވެ. އެއީ القارعة އެވެ. މާނައީ އެދުވަހުގެ ބިރުވެރިކަމާއި، މުޞީބާތްތަކާއި، އުނދަގޫތައް ހިތްތަކަށް ވައްދާ ދުވަހެވެ.
ނޯޓް