ތަފްސީރު
އެ ހިރަފުހާ އެކު އެއަސްތައް ހަނގުރާއިގެ މައިދާނުގެ މެދަށް ވަދެގަނެއެވެ. މި އާޔަތްތަކުގައި މާތް ﷲ މިވަނީ ޢަދުއްވުންނަށް ޙަމަލާދޭން މައިދާނަށް ވަންނަން ދުވާހިނދު އަޑުހަރުކޮށް ނޭވާލާ، އޭގެ މޮށްގަނޑު ތަކުން ހިލަތަކުގެ މަތީގައި ބާރަށް ޖެހުމުން އަލިފާން ކަނޑައިގެންދާ، އަދި ހަނގުރާމައިގެ މައިދާނުގައި ހިރަފުސް ބުރުވާ، ޢަދުއްވުންނަށް ފަތިހުގެ ވަގުތުގައި ހަމަލާދީ، އެބައިމީހުން ޤަތުލުކޮށް ސުންނާފަތިކުރާ އަސްތައް ގަންދެއްވާފައެވެ. އެއީ މާތް ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުންގެ އަސްތަކެވެ. އެކަމަކަށް ހުވައި ވަޙީކުރެއްވި ކަން އަންނަނިވި ވަޙީބަސްފުޅުގައި އެވަނީއެވެ.